ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން އުޅުއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަ ޣައިރު ދުސްތޫރީ ޣަމަލެއް ކަމަަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޤާނޫނު އަސާސީ ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބޭ ނަމަ ފުރަތަމަ ބުރުން ކުރި ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަންޖެހެއެވެ. މިއުސޫލަށް ބަދަލު ގެނަސް، ދެވަނަ ބުރު އުވާލަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް ސަރުކާރުން އެކަމާ މެދު އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެކަމާ ގުޅިގެން ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ދީދީ އެކްސްގައި ވިދާޅުވީ އިންތިހާބުގެ ދެ ވަނަ ބުރެއް ނުބާއްވައި ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާވެސް، ކަނޑައެޅިގެން ގާނޫނު އަސާސީގައި އިސްތިގުރާރުވެފައިވާ ޑިމޮކްރެޓިކް ނިޒާމާއި ހިލާފު ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.
އަދި އެފަދަ ޣައިރު ދުސްތޫރީ އަމަލަކަށް އަރައިގަތުމަށް ރައީސަކު ފާޅުގައި ގޮވާލުމަކީ “ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން” ރައީސް ކޮށްގެން ހުރި ހުވަޔާއި ހިލާފުވުންކަން ވެސް އަބްދުﷲ ދީދީ ފާހަގަކުރެއްވި އެވެ.
"އެއީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢަޒްލުކުރަންޖެހޭފަދަ ޢަމަލެކެވެ." އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު