ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ވަނީ އެ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ އާއިލާތަކަށް ފޮނުއްވައިފަ އެވެ.
އަދި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަންކަމުގައި ފާހަގަކުރައްވައި ރައީސް ވަނީ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތް ހަރުދަނާކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށާއި ކުޑަކުދިންނަށް އަދި ނަފްސާނީ ކަންކަމަށް ވެސް ހާއްސަ ހޮސްޕިޓަލުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު