ފިލިޕީންސްގެ އެއަރވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ޒަޚަމްވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ އެ އެކަޑެމީން ކަމަށް އެކަޑެމީން ހާމަކޮށްފިއެވެ.
މި ހާދިސާގައި ޒަޚަމްވެފައިވަނީ ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވަމުންދާ ހދ. ހަނިމާދޫ، އަބްދުލް މާނިއު އެވެ. މާނިއު ޒަޚަމްވެފައިވަނީ ޓްރެއިނިން އަށް ބޭނުން ކުރާ މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ވެއެވެ.
މިޙާދިސާ އާއި ގުޅިގެން އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޒަޚަމްވި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެމުން އަންނަ ކަމަށާއި އެ ދަރިވަރަށާއި އާއިލާ އަށް ބޭނުންވާ އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ހަމައެއާއެކު ދަރިވަރު މުޅިން ރަނގަޅުވެ، އާންމު ޙާލަތަށް ބަދަލުވުމާ ހަމައަށް ދަރިވަރަށް ބޭނުންވާ އެންމެހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އެކަޑަމީން ބުނެފައިވެއެވެ.
އެ ހާދިސާ ތަހުގީގު ކުރަމުންދާތީ ތަފްސީލް ހާމަކުރެވެން ނެތްކަން ފާހަގަކޮށް އެއާވޯކްސް އޭވިއޭޝަނުން ބުނީ އެ އެކަޑަމީން ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ. އެގޮތުން މާނިއުއަށް ދިމާވި ހާދިސާއާ މެދު ކަންބޮޑުވާ ކަމަށާއި، ދެވަނަ ފަހަރަށް އެފަދަ ހާދިސާއެއް ނުހިނގާނެކަން ކަށަވަރު ކުރުމަކީ މިވަގުތުގެ އެންމެ ބޮޑު އަމާޒުކަމަށް އެކެޑެމީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެއާވޯކްސް އޭވިއޭޝަނުން ވަނީ ޙާދިސާގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވުމަށްޓަކައި ހާދިސާ ހިނގި ދުވަހުން ފެށިގެން ތިން ދުވަސްވަންދެން އޮޕަރޭޝަންތައް ހުއްޓާލާފައެވެ. އަދި އެ މުއްދަތުގައި ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް ފިލިޕީންސް އާއި ޕިލިޕީން ނެޝަނަލް ޕޮލިހުން ވަނީ ޙާދިސާ ހިނގި ސަރަޙައްދު އިންސްޕެކްޓްކޮށްފައި ކަމަށް އެއާވޯކްސްގެ ބަޔާނުގައިވެއެވެ.
އެއާވޯކްސް އޭވިއޭޝަނުން ބުނީ އެ އެކެޑެމީ އަކީ އައިސީއޭއޯ-ކޮމްޕްލަޔަންޓް، ސީއޭއޭޕީ އެޕްރޫވްޑް ޓްރެއިނިން އެކަޑަމީއެއް ކަމަށާއި، އެ އެކަޑަމީގައި ދުނިޔޭގެ 30 ގައުމަކުން ދަރިވަރުން ޕައިލެޓް ތަމްރީޏްތައް ހަދަމުންދާ ކަމަށެވެ. ހަމައެއާއެކު ފާއިތުވެދިޔަ އަހަރުތަކުގައި އެ އެކެޑެމީން ތަމްރީންވި ރާއްޖޭގެ ގިނަ ދަރިވަރުންނަކީ މިހާރު ޕައިލެޓުންކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ޙާދިސާއާއި ގުޅިގެން ފިލިޕީންސްގައި ކިޔަވާ ދަރިވަރަކު ބުނެފައިވަނީ ހާދިސާ ހިނގާފައިވަނީ މާނިއުއަށް ހޮޑުލެވޭތީ ފްލައިޓުން ފައިބައިގެން ދަނިކޮށް، ބޮލަށް އެނބުރުން އަރައި ވެއްޓުނު ވަގުތުގައި ކަމަށެވެ. އެ ދަރިވަރު ބުނީ ފްލައިޓުން މާނިއު ފޭބިއިރު ބުރަފަތި ނުނިއްވާ ކަމަށާއި، އޭރު އިންސްޓްރަކްޓަރު ފްލައިޓުތެރޭގައި، ބުރަފަތި ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށްވެސް އެ ދަރިވަރު ވަނީ ބުނެފައެވެ.
ޙާދިސާގައި ޒަޚަމްވި މާނިއު އަށް ފިލިޕީންސްގެ ހޮސްޕިޓަލެއްގައި މިހާރު ފަރުވާދެމުންދާއިރު އޭނާގެ ޙާލު މަޑުމަޑުން ރަނގަޅުވަމުން ދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފިލިޕީންސްގައި ދިވެހި ދަރިވަރަކަށް ދިމާވި ހާދިސާއާއި ގުޅިގެން އެ ސްކޫލުން ނެރޭ ނޫސްބަޔާން މިވަނީ މި ޕޯސްޓްގެ ތިރީގައި ހިމަނާފައި. ކުއްޖާގެ ހާލު ދަނީ ރަނގަޅުވަމުން އަދި ކުއްޖާގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކުރުމަށް ނިންމާފައިވަނީ އެއަރވޯކްސް އޭވިއޭޝަން އެކެޑެމީގެ ފަރާތުން. pic.twitter.com/oqmCYTPYbe
— Dhaanish (@Dhaanish_Nizam) April 18, 2025
އެއާވޯކްސް އޭވިއޭޝަނުން ބުނީ އެ އެކެޑެމީ އަކީ އައިސީއޭއޯ-ކޮމްޕްލަޔަންޓް، ސީއޭއޭޕީ އެޕްރޫވްޑް ޓްރެއިނިން އެކަޑަމީއެއް ކަމަށާއި، އެ އެކަޑަމީގައި ދުނިޔޭގެ 30 ގައުމަކުން ދަރިވަރުން ޕައިލެޓް ތަމްރީޏްތައް ހަދަމުންދާ ކަމަށެވެ. ހަމައެއާއެކު ފާއިތުވެދިޔަ އަހަރުތަކުގައި އެ އެކެޑެމީން ތަމްރީންވި ރާއްޖޭގެ ގިނަ ދަރިވަރުންނަކީ މިހާރު ޕައިލެޓުންކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ޙާދިސާއާއި ގުޅިގެން ފިލިޕީންސްގައި ކިޔަވާ ދަރިވަރަކު ބުނެފައިވަނީ ހާދިސާ ހިނގާފައިވަނީ މާނިއުއަށް ހޮޑުލެވޭތީ ފްލައިޓުން ފައިބައިގެން ދަނިކޮށް، ބޮލަށް އެނބުރުން އަރައި ވެއްޓުނު ވަގުތުގައި ކަމަށެވެ. އެ ދަރިވަރު ބުނީ ފްލައިޓުން މާނިއު ފޭބިއިރު ބުރަފަތި ނުނިއްވާ ކަމަށާއި، އޭރު އިންސްޓްރަކްޓަރު ފްލައިޓުތެރޭގައި، ބުރަފަތި ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށްވެސް އެ ދަރިވަރު ވަނީ ބުނެފައެވެ.
ޙާދިސާގައި ޒަޚަމްވި މާނިއު އަށް ފިލިޕީންސްގެ ހޮސްޕިޓަލެއްގައި މިހާރު ފަރުވާދެމުންދާއިރު އޭނާގެ ޙާލު މަޑުމަޑުން ރަނގަޅުވަމުން ދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު