ސިއްޙީ ޚިދުމަތްތެރިން ޚިދުމަތުގައި
ސިއްޙީ ޚިދުމަތްތެރިން ޚިދުމަތުގައި
ގެއެއްގެ ފުރާޅުމައްޗަށް އިއްޔެ ވެއްޓިފައި އޮތް އަންހެންމީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އެމީހާ ވެންޓިލޭޓަރުގައި އޮތް އިރު، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިއްޔެ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 07:33 ކަންހާއިރު އެއިދާރާއަށް ރިޕޯޓްކުރި ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ ވެއްޓިފައި އޮތީ 21 އަހަރުގެ އަންހެނެއް ކަަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން