ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް
ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ތަޢާރަފް ކުރުމަށް ޕްރޮޕޯސަލްތައް ދަނީ ލިބެމުން ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާއަށް ރޭ ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ސަރުކާރުން ދަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މެޑިކަލް ޓުއަރިޒަމް ހިމެނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖެއަށް އަންނަ ބައެއް ފޮރިން އިންވެސްޓަރުން ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުވެރިކަން ފާޅުކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކުން އެކަމަށްއެދި ޕްރޮޕޯސަލްވެސް ހުށައަޅަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވީ އެގޮތުން ހުޅަހަޅާފައިވާ ބައެއް ޕްރޮޕޯސަލްތަކުގައި ރާއްޖޭގެ ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓު ދެވޭނެ ޚިދުމަތާއި އަދި މީހުން ތަމްރީނުކުރާނެ ކޮލެޖަކާއިއެކު ތަރައްޤީކުރުމަށްވެސް ހުށައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުމެން މިދަނީ އެކްސްޕްލޯވެސް ކުރަމުން. އެކަން އެގޮތައް ކުރެވިއްޖެނަމަ ހިތްގައިމުކަމަކަށް ވާނެ.“ ނާޒިމް ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ނާޒިމް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން މެޑިކަލް ޓޫރިޒަމްގެ ދާއިރާ ކުރިއެރުވޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން