މަރްޔަމް ނަހްދާ ވަޙީދު   20 އޭޕްރީލު 2025 - 7:12
އެޕަލް ސިޑާ ވިނެގާ ތައްޔާތު ކުރަނީ، ގޫގުލް އިމޭޖެސް
އެޕަލް ސިޑާ ވިނެގާ ތައްޔާތު ކުރަނީ، ގޫގުލް އިމޭޖެސް
އެޕަލް ސިޑާ ވިނެގާއަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު އެއްޗެކެވެ. މިއީ ގިނަ ބައެއްގެ ކެއުމުގެ އާދަތަކުގެ ތެރޭގައި މިހާރު ހިމެނިފައިވާ އެއްޗެކެވެ. މިގޮތަށް މިއަށް މާ ޑިމާންޑު ބޮޑުވެފައި މިވަނީ މިއިން ގިނަގުނަ ފައިދާތައް ލިބޭކަމަށް ތަފާތު އެކި ފަރާތްތަކުން ބުނަމުންދާތީއެވެ. ދިރާސާތަކުން އެގޮތަށް ދައްކާފައިވާތީއެވެ. ހާއްސަ ގޮތެއްގައި މި ބޭނުން ކުރަނީ ބަރުދަން ލުއިކުރުކުގައި އެހީވެދޭތީއެވެ. މިއިން ފައިދާތަކެއް ލިބޭ ކަމުގައިވީނަމަވެސް، މި ބޭނުންކުރުމުގައި ސަމާލުވާން ޖެހޭ ބައެއް ކަންތައްވެސް އެބަ ވެއެވެ.

އެޕަލް ސިޑާ ވިނެގާގެ އެންމެ ބޮޑު އެއް ގެއްލުމަކީ ދަތްތަކަށް ލިބޭ ގެއްލުމެވެ. މި ވިނެގާގައި އެސިޑް ގިނަވުމުގެ ސަބަބުން މާ ގިނައިން މި ބޭނުންކުރާނަމަ ދަތުގެ އެނޭމަލް ފަށަލަ ނެތިގެން ހިނގައިދާނެއެވެ. މީގެ ސަބަބުން ދަތްތަކަށް ތަދުވެ، ދަތުގެ ކުލައަށް ބަދަކުތަކެއް އާދެއެވެ. އަދި ދަތުގެ ރީތިކަންވެސް ގެއްލެއެވެ.

މި ބޭނުން ކުރުމުން ދެން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ހަޖަމުގެ ނިޒާމަށް ގެއްލުންތަކެއް ލިބުމެވެ. މީގައި އެސިޑިޓީ މަތިވުމުގެ ސަބަބުން ގެސްޓްރިކު އަލްސާތައް އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ބަނޑުގައި ރިއްސުމާއި، ކާއެއްޗެހި ހަޖަމު ނުވުން ފަދަ މައްސަލަތައް ދިމާވެއެވެ.

މީގެ އިތުރުން އެޕަލް ސިޑާ ބޭނުން ކުރުމުން ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ މިންވަރު ދަށްވުމަކީވެސް ދިމާވެދާނެ މައްސަލައެކެވެ. މިއީ ސިއްހަތަށް ވަރަށް ނުރައްކާތެރިކަމެކެވެ. ޕޮޓޭސިއަމްގެ މިންވަރު ދަށްވުމުގެ ސަބަބުން ހިތުގެ ވިންދު އާދަޔާ ހިލާފަށް ބާރުވުމާއި، މީހާ އާދަޔާ ހިލާފަށް ވަރުބަލިވުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި ހަށިގަނޑުގެ އެހެނިހެން މުހިންމު މަސައްކަތްތަކަށްވެސް މިކަމުގެ ސަބަބުން ބުރޫ އަރައެވެ.

އެޕަލް ސިޑާ ބޭނުންކުރާނަމަ، އެކަން ކުރަންވާނީ ރަނގަޅު ގޮތުގައެވެ. އެންމެ ފުރަތަމަ ކަމަކަށް މި ބޭނުން ކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މި ބޭނުން ކުރާއިރު ދުވާލަކު 1-2 ސަމުސަލަށްވުރެ ގިނައިން ބޭނުން ނުކުރުމަށްވެސް ސަމާލުވާން ޖެހެއެވެ. އެހެން ނޫންނަމަ މަތީގައިވާ މައްސަލަތަކުގެ ތެރެއިން ކަމެއް ދިމާވުމަކީ ގާތް ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން