އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު، އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ހުރިހާ ތަނެއް ފޮޓޯ ނަގަން ކޯޓު އަމުރު ނެރުމަކީ އެބޭފުޅުންގެ އިންސާނީ ކަރާމާތް ގެއްލޭފަދަ ކަމެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ސިފަކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން މަންދީ ދެއްކި ވާހަކަތަކާ ގުޅޭ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިންވެސް މަންދީ އާއި މާޒް ސަލީމް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ.
އެހެންނަމަވެސް މިހާރު އަނެއްކާވެސް މި މައްސަލައާ ގުޅިގެން އެ ދެމީހުން ފުލުހަށް ހާޒިރު ކުރަން ވަނީ އަންގާފައެވެ. ދެވަނަ ފަހަރަށް ހާޒިރުކުރާ ސަބަބެއް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމެވެ.
ފުލުހުން ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ ފުލުހުންނަށް ލިބިފައިވާތީ، އެ ވީޑިއޯ އިން ފެންނަނީ އެ ދެ މީހުންކަން ދެނެގަތުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ޗިޓްގައިވާ ގޮތުން އެ ދެ މީހުން ހާޒިރުކުރަން އަންގާފައިވަނީ އިއްޔެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުލުހުން ފަހުން ވަނީ އިއްޔެ ހާޒިރުކުރަން ނިންމި ނިންމުން ކެންސަލްކޮށް، ދެން ހާޒިރުވާން ޖެހޭ ދުވަސް ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ މުޒާހަރާ ގައި ދެއްކި ވާހަކައެއް ދެއްކީ ފިލާތިބެގެނެއް ނޫން ކަމަށާއި، އެވާހަކަތައް ދައްކާފައިވަނީ އެންމެނަށް ފެންނަ އަދި އަޑުއިވޭ ހިސާބުގައި ތިބެގެން ކަމަށެވެ.
"ވީމާ ކާކުކަން ނޭނގިގެން ކަމަށް ބުނެ މުޅި ހަށިގަނޑު ފޮޓޯ ނަގަން ކޯޓު އަމުރު ދިނުމަކީ މުންކަރާތަށް ހުޅުވިގެން ދިޔަ ދޮރެއް." ޑރ. އިޔާޒް ވިދާޅުވިއެވެ.
އަދި މިއީ އިންސާނީ ކަރާމާތް ގެއްލުވާލާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
އަދި ސަރުކާރުން އަމިއްލައަށް އުފައްދާ މައްސަލަތަކުގެ ތުހުމަތުގައި ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ ބަދަލުގައި، މިފަދަ އިންސާނީ ކަރާމާތް ނަގާލަން ހިތްވަރުލިބޭފަދަ އަމުރުތައް ނެރޭ ފަނޑިޔާރުން ސަސްޕެންޑު ކުރުން މާ ރަނގަޅު ނޫންތޯއޭ އިޔާޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އަދި މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު