ހޯމް މިނިސްޓަރު އިހުސާން---
ހޯމް މިނިސްޓަރު އިހުސާން---
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ގާއިމުކުރަން ނިންމާފައިވާ "ހޯޕް އައިލެންޑް" ތަރައްގީކޮށްދޭނެ ބަަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ "ހޯޕް އައިލެންޑް" އުތުރު ތިލަފަޅުގައި ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސް" އަންނަ އާދިއްތަ ދުވަހާ ހަމައަށް މިހާރު މިނިސްޓްރީއަށް އީމެއިލްކޮށް ހުށަހަޅޭނޭ ކަމަށެވެ.

"އެކްސްޕްރެޝަން އޮފް އިންޓްރެސް" ހުށަހަޅާ ފަރާތްތަކަށް އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ފޯރުކޮށްދޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯޕް އައިލެންޑް ގާއިމުކުރަނީ ރާއްޖޭގައި ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ކުޑަކުދިންނަކީ މުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމުގެ ގޮތުން ކަމަށް ހޯމް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ހޯޕް އައިލެންޑަކަށް ކުދިން ގެންގޮސް ރިހިބިލިޓޭޓް ކުރުމަކީ ކުޑަކުދިން ޖަލަށްލުމަށް ކުރެވޭ ކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްގެ މަޤްސަދަކީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ އެކުދިން ކުށުގެ ވެށްޓާއި ދުރު ކުރުވުން ކަމަށްވެސް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން