ރ. އިނގުރައިދޫގައި އުޅޭ ބުޅާތައް ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އިނގުރައިދޫ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދެމުންދާ ކަމަށެވެ. އެހެންވެ ރައްކާތެރި ގޮތުގައި ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިހުތިޞާސްތެރޭގައި ނުހިމެނޭ ފަޅުރަށަކަށް އެ ބުޅާތައް ގެންދަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.
ބުޅަލުގެ އުނދަގޫ ބޮޑުވެ ހުޅުމާލޭގައި ބުޅާ ގެންގުޅެން "އޮޅޮހިޔާ"ގެ ނަމުގައި ބުޅާ ފެސިލިޓީއެއް ވަނީ ގާއިމުކޮށްފަ އެވެ. އެ ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށާފައިވާ އިރު އަދި ގެންގޮސްފައިވަނީ އެންމެ 30 ބުޅަލެވެ.

ކިޔުންތެރިންގެ ހިޔާލު