(ކ-ވ) ޗީފް އޮފް ޑިފެންސް ފޯސް އިބްރާހީމް ހިލްމީ، ފަސްޓް ލޭޑީ މެޑަމް ސާޖިދާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއެކު - ފޮޓޯ: ރައީސް އޮފީސް
(ކ-ވ) ޗީފް އޮފް ޑިފެންސް ފޯސް އިބްރާހީމް ހިލްމީ، ފަސްޓް ލޭޑީ މެޑަމް ސާޖިދާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއެކު - ފޮޓޯ: ރައީސް އޮފީސް
މިއިން ދުވަހަކު ދިވެހި އަސްކަރިއްޔާ ނުދެކޭފަދަ ކުރިއެރުންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި ގެނެސްދެއްވާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހިލްމީ ވިދާޅުވީ، ސިފައިންގެ ގާނޫނަށް 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ވައިގެ ބާރު މުޅިންއަލަށް ގާއިމުކޮށްދެއްވީ އަދުގެ ރައީސްކަމަށެވެ.

ހަމައެގޮތަށް އެއްގަމުގެ ބާރާއި ކަނޑުގެ ބާރުގެ ގާބިލުކަން އިތުރުކުރުމަށްވެސް އަދުގެ ރައީސުލްޖުހޫރިއްޔާ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދާތައް މިހާރު ފެނިގެންދާކަމަށް ހިލްމީ ވިދާޅުވިއެވެ.

ޗީފް ވިދާޅުވީ ރައީސް، މަގާމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ގާބިލުކަން މިހާރު މި އަންނަނީ ފެންނަމުންކަމަށެވެ. އެކަން ފާހަގަކުރައްވައި ހިލްމީ ވަނީ ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

“ރައީސްގެ މި ރިޔާސީ ދައުރު ވެގެންދާނީ އަސްކަރިއްޔާ ތަރައްގީގެ އެތަކެއްގުނަ އިތުރުވެގެންދާނެ ދައުރަކަށް. އެމަނިކުފާނަކީ މި ގައުމު ދެކެ ލޯބިވާ ހިތްވަރުގަދަ، އަޅުގަނޑުމެން ފަހުރުވެރިވާ ފަދަ ލީޑަރެއް.” ޗީފް އޮފް ޑިފެންސް ފޯސް ހިލްމީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން