ދިވެހީންނަކީ ލެޔާއި ފުރާނައިން ގުރުބާންވެގެން މިނިވަންކަން ހިމާޔަތްކުރިބައެއް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ދިވެހީންނަކީ މީސްކޮޅު މަދަސް އަޅުވެތިކަމަށް ބޯނުލަނބާނެ ހިތްވަރުގަދަ ރައްޔިތެއް އުޅެމުންދާ ގައުމެއް ކަމަށެވެ.
އަދި ދިވެހީންނަކީ ޒަމާނާއި އެއްގޮތަށް އަސްކަރިއްޔާ ތަރައްގީކުރަން އަބަދުވެސް މަސައްކަތް ކުރަމުންއައި ގައުމެއް ކަމަށާއި ލެޔާއި ފުރާނައިން ގުރުބާންވެގެން މިނިވަންކަން ހިމާޔަތް ކުރުމުގެ ފަހުރުވެެރި ތާރީހެއް އޮތް ގައުމެއްކަމަށް ޣައްސާން ވިދާޅުވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ، ދިވެހީންނަކީ އެއްވެސް ޒަމާނެއްގައި އިސްވެ ހަނގުރާމައެއް ކުރިބައެއް ނޫންކަމަށާއި އަދި ކުރާނެ ވެސް ބައެއް ނޫންކަމަށެވެ. އަދި އެއީ ސިފައިންގެ ސިޔާސަތު ކަމަށް ވެސް ވިދާޅުވިއެވެ.
ޣައްސާނުގެ ވާހަކައިގައި ވަނީ ދިވެހި ސިފައިން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަސްކަރިއްޔާގެ ކުރިއެރުމަށް ރައީސް ކޮށްދެއްވާ މަސައްކަތަށް ވެސް ޣައްސާނުގެ ވާހަކައިގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު