މަރްޔަމް ނަހްދާ ވަޙީދު   22 އޭޕްރީލު 2025 - 7:28
އެކި ކަހަލަ ބަދަނުގެ ބާވަތްތައް، ފޮޓޯ: ސާކަލްޑީއެންއޭ
އެކި ކަހަލަ ބަދަނުގެ ބާވަތްތައް، ފޮޓޯ: ސާކަލްޑީއެންއޭ
އިންސާނާގެ ހަނދާނަކީ އޭނާގެ ދިރިއުޅުމުގައި އެންމެ މުހިންމު އެކައްޗެވެ. ހަނދާނުގެ ސަބަބުން ކުރީގެ ތަޖުރިބާތަކުން ފިލާވަޅު ލިބި، މުސްތަގުބަލުގައި ރޭވުންތެރިކަމާއެކު ކުރިއަށް ދެއެވެ. ނަމަވެސް، ހަނދާން ބަލިކަށިވުމަކީ ގިނަ މީހުން ކުރިމަތިލާންޖެހޭ މައްސަލައެކެވެ. ހަނދާން ބަލިކަށިވުމުގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް ބުރޫއުރޫއަރައި، ދިރިއުޅުމާއިގެން ކުރިއަށްދާން އުނދަގޫވާ ފަހަރުވެސް އާދެއެވެ.

ހަނދާން ބަލިކަށިވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ވެއެވެ. އޭގެ ތެރޭގައި ނިދި މަދުވުން، ސްޓްރެސް ބޮޑުވުން، ބައެއް ކަހަލަ ގެއްލުންހުރި ކާނާ ކެއުން ފަދަ ކަންތައް ހިމެނެއެވެ. މިކަމަށް ހައްލު ހޯދަން ބޭނުންވާނަމަ ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ކަހަލަ ކާނާ ކެއުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުވެ، ހަނދާން ގަދަވެއެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ ހަނދާން ގަދަ ކުރުމުގައި އެހީވެދޭ ބައެއް ކާނާގެ ބާވަތްތަކެވެ.

މަސް

މަސްމަހާމެއްސަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑް އެކުލެވޭ އެއްޗެއްސެވެ. މި މާއްދާއަކީ ސިކުނޑީގެ ސެލްތަކުގެ މެދުގައި ގުޅުން ބަދަހިކޮށްދޭ މާއްދާއެކެވެ. މީގެ ސަބަބުން ހަނދާން ގަދަވެ، އައު އެއްޗެހި ދަސްކުރުމުގެ ޤާބިލުކަން އިތުރުވެއެވެ. އެހެންކަމުން، ހަފްތާއަކު މަދުވެގެން ދެފަހަރު މަސް ކެއުމަކީ ހަނދާން ގަދަކުރުމަށް ކުރަން ޖެހޭ ކަމެކެވެ.

ބަދަން

ބަދަނަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ އާއި އޮމެގާ-3 ފެޓީ އެސިޑް އެކުލެވޭ އެއްޗެކެވެ. މި ދެ މާއްދާއަކީވެސް ސިކުނޑީގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މާއްދާތަކެކެވެ. މީގެ އިތުރުން، ބަދަނުގައި ހުންނަ އެންޓިއޮކްސިޑެންޓްތަކުން ސިކުނޑި ރައްކާތެރިކޮށްދެއެވެ. ކޮންމެ ދުވަހަކު ބަދަން ކެއުމަކީ ހަނދާން ގަދަ ކުރުމަށް އެހީވެދޭ ކަމެކެވެ.

ބިސް

ބިހަކީ އޭގައި ގިނަ އަދަދަކަށް ކޮލިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗެކެވެ. މާއްދާއަކީ ސިކުނޑީގެ ނިއުރޯޓްރާންސްމިޓަރެއް ކަމުގައިވާ އެސިޓައިލްކޮލިން އުފެއްދުމަށް ބޭނުންވާ މާއްދާއެކެވެ. އެސިޓައިލްކޮލިންއަކީ ހަނދާނާއި ސަމާލުކަމާ ގުޅުންހުރި މާއްދާއެކެވެ. މީގެ އިތުރުން، ބިހުގައި ވިޓަމިން ބީ12 އާއި ވިޓަމިން ޑީ ފަދަ މުހިންމު ވިޓަމިންތައް ހުރެއެވެ. މި ވިޓަމިންތަކަކީވެސް ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު ވިޓަމިންތަކެކެވެ. އެހެންކަމުން، ހަފްތާއަކު މަދުވެގެން 3-4 ބިސް ކެއުމަކީ ހަނދާން ގަދަ ކުރުމުގައި އެހީވެދޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން