އަހުޒަމް އަޙްމަދު   22 އޭޕްރީލު 2025 - 17:8
ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައީސް ބައްދަލުކުރެއްވުން--
ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައީސް ބައްދަލުކުރެއްވުން--
ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި މަޝްރޫއުތައް ކުރިއަށްދާ ގޮތް އޮޅުންފިލުއްވައިފި އެވެ.

އެ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް އޮފީހުގަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތުތައް ރައީސާ ވަނީ ހިއްސާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެސްޓީއޯ، ވެމްކޯ، ފެނަކަ، އާރުޑީސީ، އެމްޓީސީސީ، އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނެ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަޝްރޫއުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީހުތަކަށް މަޝްރޫއުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.

ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ރައީސް މިއަދު ބާރު އެޅުއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން