ޕްރޮގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޕްރޮގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރަން ނިންމެވީ އާއިލީ މައްސަލައަކާ ހެދި ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކޮށްގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޕޮޑްކާސްޓުގައި ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށާއި ވޭޕްގެ ބާވަތްތައް ރާއްޖޭގައި މަނާކުރުމަށް އެޅުއްވި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން، ވިދާޅުވީ، ރާއްޖޭގައި ވޭޕްގެ ނުރައްކާ އިތުރުވެފައިވާތީ ވޭޕް މަނާކުރުމަކީ ކުރީންވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އާއިލާތެރޭގެ މައްސަލައަކާ ގުޅުވައި އެޅުއްވި ފިޔަވަޅެއްކަމަށް ބުނެ ދައްކަމުން ދާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޭޕް މަނާކުރުމަށް ނިންމެވީ، ކުޑަކުދިން އެ ބޭނުންކުރާ މިންވަރު އިތުރުވެ ސްކޫލް މާހައުލުންވެސް އެތަކެތި ފެނި، މާބޮޑަށް އެ ދަރިވަރުންގެ މެދުގައި ވެސް ފެތުރިގެން ދިޔުމުންކަމަށެވެ. އެ މައްސަލަ ބެލެނިވެރިން ސީދާ ރައީސަށް މެސެޖުކޮށްފައި ދަންނަވާކަމަށާއި ޤުރްއާން ކުލާހަށް ގްރޭޑް އަށެއް، ނުވައެއްގެ ކުދިން ދާއިރު ދަބަހުގައި ވޭޕް އޮންނާތީ އެފަދަ ކަންބޮޑުވުން އެކި ފަހަރު ލިބިވަޑައިގަންނަވަމުންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ގިނަ ޕެޓިޝަންތަކެއް ވެސް ލިބިވަޑައިގެންނެވި ކަމަށެވެ.



ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރެއްވި ބޭފުޅެއް ނޫންކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަބަދުވެސް ވަރަށް ދެކޮޅު ކަމެއް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ ވޭޕް މަނާކުރީ ރައީސްގެ ދަރިކަލަކު އެކަން ކުރައްވާތީކަމަށް ބުނެ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭގައި، ވާހަކަދައްކާފައިވާ މައްސަލައެއް ކޯޓަށްވެދް ހުށައަޅާފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ، އާއިލާގެ ނަން ބޭނުންކޮށްގެން އެފަދަ ގޮތަކަށް ވާހަކަދައްކާނަމަ ވަރަށް އުނދަގޫފުޅު ވާކަމަށެވެ. އަދި އެމަނިކުފާނަކީ ވެސް އިންސާނެއް ކަމަށާއި، އާއިލާ އާއި ދަރިން ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން