ވިޔަފާރިތަކަށް އައްޑޫ ސިޓީ މީދޫ އަވަށުން ކުއްޔަށް ބިން ދޫކުރަން އައްޑޫ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބިންތައް ދޫކުރަން ނިންމާފައި ވަނީ ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ޕާޓްނާޝިޕްތަކަށް ކަމަށެވެ.
އެ ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަންކަމަކީ:
- ސްވިމިންގް ޕޫލް ހެދުން
- ރެސްޓޯރެންޓް ހެދުން
- ފިހާރަ ހިންގުން
- ސެލޫން އާއި ސްޕާ ހިންގުން
- އައްޑޫގެ އުފެއްދުންތަކަށް
- ކޮފީ ޝޮޕްތަކަށް
- ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކަށް
ކައުންސިލުން ބުނީ މިކަމަށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުން 300ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު