ޑްރެގަން ފްރުޓު
ޑްރެގަން ފްރުޓު
ޑްރެގަން ފުރުޓަކީ ބަލާލަން ވަރަށް ރީތި، އަދި އެހާމެ މީރު މޭވާއެކެވެ. މިއީ ގިނަ އަދަދަކަށް ވިޓަމިނާއި، މިނަރަލްތަކާއި ނިއުޓްރިއެންޓުތައް އެކުލެވޭ އެއްޗެކެވެ. މި ކެއުމުން މީހާގެ ސިއްހަތަށް ގިނަގުނަ ފައިދާތައް ލިބި، މީހާގެ ސިއްހަތު "ބޫސްޓު" ވެއެވެ.

މިފަހަރު މި ހިމަނާލަނީ ޑްރެގަން ފްރުޓު ކެއުމުން ލިބޭ ބައެއް ފައިދާތަކެވެ.

ހިތުގެ މައްސަލަތަކުން ރައްކާތެރިވޭ

ޑްރެގަން ފުރުޓަކީ ހިތުގެ މައްސަލަތަކުން މީހާ ރައްކާތެރި ކުރުމުގައި އެހީވެދޭ މޭވާއެކެވެ. މީގައި ކޮލެސްޓްރޯލް އަދި ސެޗުރޭޓު ކޮށްފައި ހުންނަ ފެޓު ހުންނަ ވަރު ވަރަށް މަދެވެ. އެހެންވެ މިއީ ހިތުގެ ސިއްހަތަށް ރަނގަޅު މޭވާއެކެވެ. މީގައި ހިމެނޭ އޮމެގާ 3 ފެޓީ އެސިޑުތަކާއި އޮމެގާ 6 ފެޓީ އެސިޑުތަކަކީވެސް ހަށިގަނޑުގައި ހުންނަ ގެއްލުންހުރި ކޮލެސްޓްރޮލް ބޭރުކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. އެހެންވެ، މި ކެއުމުން ހިތުގެ ސިއްހަތު ރަނގަޅުވެއެވެ.

ދިފާއީ ނިޒާމު ވަރުގަދަވޭ

ޑްރެގަން ފްރުޓަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އަދި މި ނޫނަސް ތަފާތު އެކި ނިއުޓްރިއެންޓުތައް ހިމެނޭ އެެއްޗެކެވެ. މި ހުރިހާ މާއްދާއަކީވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. އެހެންވެ މި ކެއުމުން އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރާ ވަރު އިތުރުވެ، މީހާގެ ސިއްހަތު ދުޅަހެޔޮ ވެއެވެ.

ބަރުދަން ލުއިވޭ

ޑްރެގަން ފުރުޓަކީ ބަރުދަން ލުއި ކުރުމުގައިވެސް އެހީވެދޭ މޭވާއެކެވެ. މީގައި ކެލޮރީ ހިމެނޭ ވަރު މަދުވެފައި ފައިބަރ ހިމެނޭ މިންވަރު ވަރަށްވެސް ގިނައެވެ. އެހެންވެ މި ކެއުމުން ގިނައިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވެއެވެ. މިކަމުގެ ސަބަބުން ކާއެއްޗެހި ކެވޭ ވަރު މަދުވެ، ފަސޭހަކަމާއެކު ބަރުދަން ލުއިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން