ޓެސްލާގެ ފައިދާ ދަށަށް ދިއުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަސައްކަތް ކުރާ ވަގުތު މަދުވާނެ ކަމަށް ޓެސްލާގެ ސީއީއޯ އެލޮން މަސްކް ބުނެފިއެވެ.
ޓެސްލާގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނީގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ. އެއާއެކު ޓްރަމްޕްގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ (ޑީއޯޖީ) ލީޑް ކުރައްވާ މަސްކް އަންގާރަ ދުވަހު ބުނީ ޓެސްލާ ހިންގުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގައި ކުރާ މަސައްކަތް މެއި މަހުން ފެށިގެން ހަފްތާއަކު އެކެއް ނުވަތަ ދެ ދުވަހަށް ކުޑަކުރާނެ ކަމަށެވެ.
މި އަހަރު ފެށުނު ފަހުން 40 އިންސައްތައަށް ވުރެ މައްޗަށް ނުދާ ޓެސްލާގެ ހިއްސާ މާސްކުގެ މި ވާހަކަތަކާ ގުޅިގެން ގަޑިއިރެއްގެ ވާހަކައަށް ފަހު 4.6 އިންސައްތަ މައްޗަށް ވަނީ ގޮސްފައެވެ.
ޓްރަމްޕުގެ ސަރުކާރާ ގުޅޭގޮތުން މަސްކް މިހެން ބުނީ ޓެސްލާއިން ޖެނުއަރީ-މާރިޗް މަހުގެ ސާފު ފައިދާ 71 އިންސައްތަ ދަށްވެފައިވާ ކަމަށް ރިޕޯޓްކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.
ޓްރަމްޕުގެ ވެރިކަމުގައި މަސްކް ބައިވެރިވުމާ ދެކޮޅަށް ކޮންސިއުމަރުންގެ ފަރާތުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އޭގެ ސަބަބުން ޓެސްލާގެ ގްލޯބަލް ސޭލްސް މި މުއްދަތުގައި 13 އިންސައްތަ ދަށްވިކަން ފާހަގަ ކުރެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު