ގާނޫނާ ޚިލާފުވާ ހިސާބުން އެއްވެސް މީހަކަށް އިސްތިސްނާއެއް ނުދޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އިޙްސާން ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައިވެސް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުނު ކަމަށެވެ.
ޤާނޫނާ ފުށުއަރާ ހިސާބުން ކޮންމެ މީހަކު ވިޔަސް އިސްތިސްނާ ނުވެ ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންވީމަ ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެ. އެއީ އަޅުގަނޑު ވިޔަސް އިނގޭތޯ. އަދި މަނިކުފާނުމެން ވިޔަސް. އެއީ އެކަން އޮންނާނެ ގޮތް،" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޝަމްއާނާއެކު މަސައްކަތްކުރެއްވި ދުވަސްވަރު ދެބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް ވަޒީރު ވިދާޅުވީ މި ސަރުކާރުން ސިޔާސަތު ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ސާބިތުކަމާއެކު އެކަން ދައްކަވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އައި ކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޝަމްއާން މިހާރު ހުރީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު