ޝާން މުހައްމަދު   23 އޭޕްރީލު 2025 - 13:29
މިއަހަރުވެސް ބޮޑު އީދު ފާހަގަ ކުރަން "އައްޑޫ އީދި ސަމާ" ބާއްވަން ނިންމައިފި އެވެ.

މިއީ އައްޑޫގެ ހުރިހާ އަވަށެއްގައި ތަފާތު ކުޅިވަރު މުބާރާތްތަކާއި ފޯރިގަދަ އެކިއެކި ހަރަކާތްތަކާ އެކު އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

މި އަހަރުގެ "އައްޑޫ އީދި ސަމާ" ވެސް ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން އެ ހަރަކާތް ކުރިއަށް ގެންދާނީ ޖޫން 5-13 އަށެވެ.

މި އަހަރުގެ "އައްޑޫ އީދި ސަމާ"ގެ އިތުރު މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ވެސް މުޅި އައްޑޫގައި ވަރަށް ގިނަ ހަރަކާތްތަކަކާ އެކު އީދި ސަމާ ބޭއްވި އެވެ. މިކަން ކުރިއަށް ގެންދަނީ ވަރަށް ގިނަ ފަރާތްތަކެއް ދީލަތި އެހީއާ ވެސް އެކީގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން