ޝަމްއާން ކޯޓުގައި --
ޝަމްއާން ކޯޓުގައި --
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ހައްޔަރުކޮށް ބަންދުކުރި މައްސަލައިގައި ޝަމްއާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލިކަމުގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކޮށްފައިވާއިރު އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މިއަދު ބޭއްވި އަޑު އެހުމުގައި ޝަމްއާނުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވަނީ ގިނަ ވާހަކަތަކެއް ކޯޓުގައި ދައްކާފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށް ވިދާޅުވެފައެވެ.

ޝަމްއާން މަގާމުން ވަކިކޮށް ހައްޔަރުކުރީ، ގަވާއިދާއި ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިއްބާ، ޝަމްއާންގެ އެންގުމަކަށް ދަންވަރު ގަޑީގައި ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ ކަމާ ނުގުޅޭ މުވައްޒަފުންތަކެއް، އެ ބިދޭސީން އަތުގައިހުރި ގިނަ އަދަދެއްގެ ފައިސާ އެ މީހުންއަތުން އަތުލައިގެން ގެނެސް ޝަމްއާންގެ ގެއަށް ލީ މައްސަލައިގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން