މިސްކިތްތަކުގެ އިމާމުންނަކީ އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެއެވެ.
އިމާމު މިހެން ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާލޭގެ ބައެއް އިމާމުންނާއި ޒުވާން ހަތީބުންނާ އެކު މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ޑރ. ޞަލާހުލް ބުދައިރު ވަނީ މިސްކިތްތަކުގެ އިމާމުން ސަމާލުކަން ދޭންވީ ބައެއް މުހިންމު ކަންކަން ވިދާޅުވެދެއްވާފައެވެ. އެގޮތުން ވިދާޅުވީ، އިލްމު ހޯދުމަކީ އިމާމުން ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމަށާއި ނަމާދާ ގުޅޭ ހުކުމްތަކާއި ދީނުގެ އެކި ހުކުމްތައް ފުރިހަމައަށް އުނގެނުމަކީ ވަރަށް ވެސް މުހިންމު ކަމެއްކަމަށެވެ.
އަދި ރަސޫލާގެ ސުންނަތަށް ތަބައުވެ މެދުމިނެއްގައި އިމާމުން ނަމާދު ކުރަންޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިމާމުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ. ޞަލާޙުލް ބުދައިރު ވަނީ ހާއްސަ ގޮތެއްގައި މީސްމީޑިއާ ބޭނުންކުރުމުގައި ސަމާލުވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، އިމާމުންގެ ހައިސިއްޔަތާ ނުގުޅޭ ކަންކަން އެ ވަސީލަތްތައް ބޭނުންކޮށްގެން އާންމު ނުކުރުމަށާއި އެފަދަ ކަންކަަަމަށް ކޮމެންޓް ނުކުރުމާއި އެކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ.
އޭގެ އިތުރުން، އިމާމުންނާއި ޚަތީބުންގެ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަ ކުރައްވައި އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ނަސޭހަތް ދެއްވިއެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު