ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ނުވަތަ ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާ ކަމަށާއި އަދި ނުވެސް ކުރާނެ ކަމަށް ރަޢީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު މިއަދު ފުލުހުން އާންމުކޮށްފައިވާ އިރު އޭގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅުން ހިމެނެ އެވެ.
އެހެންވެ އެ މައްސަލައިގައި ފާޑު ކިއުން އަމާޒުވެފައި ވަނިކޮށް ރައީސް އެކްސްގައި މިއަދު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، އަދި ގާނޫނުގެ ވެރިކަން ރާއްޖޭގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާ ކަަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ!" ރައީސް ވިދާޅުވި އެވެ.
އަންހެން މީހާ ވެއްޓުނު މައްސަލައިގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ އެކަން ހިނގިތާ ހަފްތާއެއްހާ ދުވަސްވީ އިރުވެސް އެއްވެސް މީހަކު ހައްޔަރުނުކުރުމުން ނެވެ.
ނަމަވެސް އަންހެން މީހާ ވެއްޓުނު އިރު އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކުރަން ފުލުހުން މިހާރު ވަނީ ކޯޓު އަމުރަކަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު