އަންހެން ދަރިވަރުން މަސައްކަތްތައް ނިންމަނީ، ފޮޓޯ: ވޯލްޑް ބޭންކު
އަންހެން ދަރިވަރުން މަސައްކަތްތައް ނިންމަނީ، ފޮޓޯ: ވޯލްޑް ބޭންކު
އަންހެނުންގެ ތައުލީމަށް ކުރެވޭ ހަރަދަކީ ގައުމުގެ ކުރިއެރުމަށް ކުރެވޭ ހަރަދެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުއާމަލާތާއި ފަންނިއްޔާތުގެ ދާއިރާގައި ކުރިއަރަމުންދާ ދިވެހި އަންހެންވެރިންގެ ދައުރު ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

އަދި ފަންނިއްޔާތަށް އަހުލުވެރި ގައުމެއް ބިނާކުރުމަށް ތައުލީމު ހާސިލުކުރެވި، ފަންނިއްޔާތުގެ ހުނަރުތައް ލިބިގަނެވޭނެ މަގު ފަހިވާ އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ތައުލީމާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރާ ކޮންމެ ހަރަދަކީ ގައުމުގެ ކުރިއެރުމަށާއި ފާގަތިކަމަށް ކުރެވޭ ހަރަދެއް ކަމަށެވެ.



"ގާލްސް އިން އައިސީޓީ" ދުވަހަކީ މައުލޫމާތާއި ފަންނިއްޔާތާއި މުއާމަލާތު ކުރުމާ ގުޅުންހުރި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުމުގައި ފާހަގަ ކުރާ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން