މަގާމުން އެކަހެރިވުމަށް އަންގަވައި ރައީސް މުހަންމަދު ނަޝީދުގެ ސިޓީ އެމްޑީޕީއަށް ފޮނުއްވި ފަހުން ވެސް ރައީސް ސޯލިހާ މުއާމަލާތް ކުރެވިފައިވާ ކަމަށާއި އިސްތިއުފާ ދެއްވަން އެމަނިކުފާނު އަންގަވާފައި ނުވާ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސިޓީއެއް ފޮނުއްވައި، އިކޮނަމިކް މިނިސްޓަރ ފައްޔާޒު މަގާމުން އަމިއްލައަށް އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެންނެވުމާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިޔާތަކާ ވާހަކަ ދައްކަވަމުންނެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އޭނާ މަގާމަށް އިސްކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެހެންކަމުން އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސް އެދިވަޑައިގެންނެވުމުން ކަމަށެވެ.
"ނަޝީދުގެ ސިޓީގައި އިޝާރާތް ކުރައްވާފައިވާ އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ، އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް." ބައެއް މީޑިޔާ ތަކާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެއެވެ.
ފައްޔާޒު ވިދާޅުވީ ތުހުމަތުތަކެއް ކުރެވޭނަމަ އެކަންކަން ބަލަންވީ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. މިހާރު ގެނެސްފައިވާ ނިޒާމަކީ ޒަވާބުދާރީކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ކަމަށާއި މަޖިލިސް ތެރެއިން ވެސް އެކަން ކުރެވޭނެ ކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އެ މަގު އިހްތިޔާރުނުކުރައްވައި ދައްކާ ވާހަކަތަކެއްގެ މައްޗަށް ކަންކަން ކުރިއަށް ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ރައީސް ނަޝީދު ވަނީ މަސައްކަތް ފަށްޓަވާފައެވެ. ނަމަވެސް މިހާރު އެ މައްސަލަ ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމަށް ނަޝީދު ވަނީ ނިއްމަވާފައެވެ. ރައީސް ސޯލިހް ދާދިފަހުން ވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އެމަނިކުފާނުގެ ފުރިހަމަ ތާއިދު އޮތްކަން ހާމަކުރައްވައި އޭނާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. މިކަމުގައި، މިނިސްޓަރު ފައްޔާޒާ ވެސް އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެކެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ." ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ފޮނުއްވި ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު