އައްޑޫ ސިޓީގެ ހިތަދޫގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓެއް ހިނގައި ފުނޑުފުނޑުވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ ފަތިހު ކަމަށެވެ.
އެ ހާދިސާ ހިނގީ ހިތަދޫ ވެމްކޯ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް އެ ސައަހައްދުގައި ހުރި ހޮޅި ދަނޑިތަކެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަަރަށް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގިއިރު އެ ކާާރު ދުއްވަން އިން މީހާގެ އަތުގައި ލައިސެންސްވެސް ނެތް ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު