ޗައިނާ އާއި އިންޑިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި ބަޑިޖެހުމުގެ ތުހުމަތު އެއްގައުމުން އަނެއްގައުމުގެ މައްޗަށް ކޮށްފިއެވެ.

މިމައްސަލައިގައި ދެގައުމުން އެއްބަސްވެފައިވާ އެއްބަސްވުމާއި ހިލާފުވިކަމަށްވެސް އެއްގައުމުން އަނެއްގައުމުގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

އިންޑިއާގެ ސިފައިން އިންޑިއާގެ ބޯޑަރުގެ ސަރަހައްދު ގަވާއިދާ ހިލާފަށް ހުރަސްކުރިކަމަށް ހޯމަދުވަހު ޗައިނާގެ އަސްކަރިއްޔާގެ ތަރުޖަމާނު ނެރެފައިވާ ލިޔުމަކާ ހަވާލާދީ ސީއެންއެންއިން ހާމަކޮށްފައިވެއެވެ. އަދި އިންޑިއާ ސިފައިން ބޯޑަރު ހުރަސްކުރުމުން ޗައިނާގެ ސިފައިން އިންޑިއާގެ ސިފައިންނާ ވާހަކަދައްކައިގެން ވެގެން އުޅޭ އޮޅުންފިލުވައި އެކަން ހައްލު ކުރުމަށް އެސަރަހައްދާ ކައިރިވުމުން އިންޑިއާ ސިފައިން ބަޑި ޖެހި ކަމަށްވެއެވެ.

އިންޑިއާ ސިފައިން ބަޑި ޖެހުމުން ހާލަތު ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސިފައިންވެސް މަސައްކަތް ކުރިކަމަށް ޗައިނާގެ އަސްކަރިއްޔާގެ ތަރުޖަމާނު ނެރެފައިވާ ލިއުމާ ހަވާލާދީ ސީއެންއެންގައި ހާމަކޮށްފައިވެއެވެ. ނަމަވެސް ހާލަތު ކޮންޓްރޯލް ކުރުމަށް ނެގި ފިޔަވަޅުތަކެއް ޗައިނާގެ އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ.

މިވާހަކަތައް އިންޑިޔާގެ އަސްކަރިއްޔާއިން ދޮގުކޮށް ބޯޑަރުން އިންޑިއާ ސިފައިން ތިބޭ ސަރަހައްދަށް ވަނީ ޗައިނާގެ ސިފައިން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. މިގޮތުން ޗައިނާގެ ސިފައިން ހުއްޓުވުމަށް މަސައްކަތް ކުރުމުން ޗައިނާގެ ސިފައިން ޖައްވަށް ބަޑިޖަހައި އިންޑިއާގެ ސިފައިން ބިރުގަންނަވަން މަސައްކަތްކޮށްފައިވާ ކަމަށްވެސް އިންޑިއާގެ އަސްކަރިއްޔާއާ ހަވާލާދީ ސީއެންއެންގައި ހާމަކޮށްފައިވެއެވެ.

އަދި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ބޯޑަރު ހުރަސް ކުރިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރާކަމަށްވެސް އިންޑިއާގެ އަސްކަރިއްޔާއިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން