މިދިޔަ ހުކުރު ދުވަހުގެ ފަތިހު އުސް އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފިއެވެ.
ޔުމްނުއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޭނާގެ ހާލު ސީރިއަސްއެވެ. އިތުރު ފަރުވާ ދިނުމަށް އޭނާ މެލޭޝިއާއަށް ގެންދިޔުމަށް ޔުމްނުގެ އާއިލާއިން ބޭނުންވާތީ ސަރުކާރުން މިހާރު ވަނީ އެންސްޕާގެ އެހީ ހަމަޖައްސައި ދީފައެެވެ. އަދި އެކަން ޔުމްނުގެ އާއިލާ އިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޔުމްނުގެ ޢާއިލާ އިން ބުނީ ޔުމްނު މެލޭޝިއާއަށް ފުރުވާލުމުގެ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައި އެންސްޕާގެ ކަންކަންވެސް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ޔުމްނު ފުރުވާލުމަށް، ސަރުކާރުން ފުލައިޓް ޗާޓަރު ކުރުމުގެ މަސައްކަތް ކުރާކަމަށާ، އެކަމުގައި ސަރުކާރުން އެއްބާރުލުން ލިބޭ ކަމަށް އާއިލާއިން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން، ޔުމްނުއާއެކު ފަހުވަގުތު އުޅުނު ރައުދު އަހުމަދު ޒިލާލް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް އޮވެދާނެ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފައެވެ.
އަދި މައްސަލާގައި ރައުދު ހިމެނޭހެން 7 މީހެއްގެ ފޯނާއި ޕާސްޕޯޓްވަނީ ފުލުހުން ހިފަހައްޓާފައިވާއިރު ހާދިސާ ހިނގިރޭ އެމީހުން އުޅުނު ތަންތަން ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު