މަރްޔަމް ނަހްދާ ވަޙީދު   27 އޭޕްރީލު 2025 - 6:23
ފޮނި އެއްޗެހި ކެއުން ހުއްޓާލުން، ފޮޓޯ: އައިސްޓޮކް
ފޮނި އެއްޗެހި ކެއުން ހުއްޓާލުން، ފޮޓޯ: އައިސްޓޮކް
އަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ޕްރޮސެސް ކޮށްފައި ހުންނަ އެކި ބާވަތުގެ ހަކުރު ބޭނުން ކުރެއެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް މިހާރު ފެންނަނީ ފޮނި ކާނާގެ ބާވަތްތަކެވެ. ނުވަތަ ޕްރޮސެސް ކޮށްފައި ހުންނަ ހަކުރު އެކުލެވޭ ބުއިންތަކެވެ. ގިނަ މީހުންނަށް ފޮނި އެއްޗެއްސާ ނުލާ އުޅެން އުނދަގުލޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

ނަމަވެސް، މިއީ އަޅުގަނޑުމެންގެ ހަށިގަނޑަށް ވަރަށް ގެއްލުންހުރި އެއްޗެކެވެ. ހަކުރު ގިނައިން ބޭނުންކުރުމުގެ ސަބަބުން ތަފާތު އެކިކަހަލަ ސިއްހީ މައްސަލަތައް ހަށިގަނޑަށް ދިމާވެއެވެ. އެހެންވެ، ހަކުރު ބޭނުންކުރާވަރު މަދުކޮށް، ހުއްޓާލަން މަސައްކަތް ކުރަން ކޮންމެ މީހަކުވެސް ޖެއެވެ.

ތިރީގައި މި ހިމަނާލަނީ ހަކުރު ބޭނުން ކުރުން ހުއްޓާލުމުން ލިބޭ 2 ފައިދާއެކެވެ.

ބަރުދަން ލުއިވުން

ހަކުރު ބޭނުންކުރުން ހުއްޓާލުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ހަށިގަނޑުގެ ބަރުދަން ލުއިވުމެވެ. ހަކުރަކީ ކެލޮރީ ގިނަ އެއްޗެއް ކަމުން، އޭގެ ބޭނުންކުރުން މަދުކުރުމުން ދުވާލަކަށް ނަގާ ކެލޮރީގެ އަދަދު މަދުވެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ އިތުރު ފެޓް އަންދާލުމަށް މަގުފަހިވެއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑު ދުޅަހެޔޮވެ، އާންމު ދިރިއުޅުމުގައި ހަރަކާތްތެރިކަން އިތުރުވެއެވެ.

ދަތުގެ ސިއްހަތު ރަނގަޅުވުން

ހަކުރު ބޭނުން ކުރުން ހުއްޓާލުމުން ދެން ލިބޭ ފައިދާއަކީ ދަތުގެ ސިއްހަތު ރަނގަޅު ވުމެވެ. ހަކުރަކީ ދަތުގައި ހުންނަ ޖަރާސީމުތައް ކާނާގެ ގޮތުގައި ބޭނުން ކުރާ އެއްޗެކެވެ. އެހެންވެ ހަކުރު ބޭނުން ކުރުމުން އަނގައިގައި ޖަރާސީމު އާލާވެ އޭގެ ސަބަބުން ދަތުގެ މައްސަލަތައް ޖެހި، ދަތް ހަލާކުވެއެވެ. ހަކުރު ބޭނުންކުރުން މަދުކުރުމުން މި ޖަރާސީމުތައް މަދުވެ، ދަތުގެ ސިއްހަތު ރަނގަޅުވެއެވެ. މީގެ ސަބަބުން ދަތައް ފިލިން އެޅުމާއި، ދަތް އުފުރާލަން ޖެހުން ފަދަ ކަންކަމުން މީހާ ރައްކާތެރިވެއެވެ. އަދި ދަތުގެ ސިއްހަތު ރަނގަޅުވުމުގެ ސަބަބުން އަނގައިގެ ވަސް ވެސް ރަނގަޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން