އަހުޒަމް އަޙްމަދު   27 އޭޕްރީލު 2025 - 10:13
މީގެ ކުރިން ރައީސް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން--
މީގެ ކުރިން ރައީސް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން--
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ އެ ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ފުރަތަ ރަސްމީ ދަތުރުފުޅުވެސް މެއެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން މިދިޔަ ހަފްތާގައި ބުނި ގޮތުގައި އެ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދާނެ އެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރާއެކު ރަސްމީ ވާހަކަތައް ބާއްވައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

އޭގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލުކުރައްވައި އެ ގައުމުގެ އިންޓަނޭޝަލް އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި ދަރުހެއް ވެސް ދެއްވާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން