ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 22 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ބިންހިއްކުމުގެ މަސައްކަތުގެ 20 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އެހެނިހެން މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ.
ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިން ހިއްކުމާއި، 1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީީސީސީން މަޢުލޫމާތު ދެއްވައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 85.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.

ކިޔުންތެރިންގެ ހިޔާލު