އައްޑޫ ލިންކު ރޯޑުގައި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމަށްޓަކައި ދިހަ ޓަނުގެ ތާރު ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށެވެ.

އާބާދީ ބޮޑު އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތައް ގުޅުވައިދޭ ލިންކް ރޯޑުގެ ބައެއް ސަރަހައްދުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވެ އެވެ.

އެ މަގުގެ މަރާމާތަށް ތާރު ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލި އިރު، ސަރުކާރުން އޮތީ އައްޑޫ ލިންކް ރޯޑު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި މަހުގެ އަށެއްގަ އެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ހުޅުވި މަގެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން