ހައްވާ ޔުމްނު ރަޝީދު ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއަށްފަހު އޭނާއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާގައި އެ ފަރާތްތަކުން ކުރަމުންދާ ޑިމާންޑްތައް އަޑުއައްސަވާތީ އެކަން އިންތިޒާމުކުރުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކޮށްފިއެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާތައް ކުރިއަށް ގެންދާތާ މިރެއަށް މިއީ 5 ވަނަ ދުވަހެވެ. މިރޭ ވާރޭ ވެހެމުން ދިޔައިރު ވެސް ޒުވާނުން ދިޔައީ އެއްވެ އަޑު އުފުލަމުންނެވެ.
މިރޭގެ އެއްވުމުގެ ކުރިން، އެކަމުގައި އިސްކޮށް އުޅޭ ބައެއް ފަރާތްތަކުން އޮންލައިން މީޑިއާއަކަށް ބުނެފައިވަނީ، މި އެއްވުމަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮވެގެން ކުރާ މުޒާހަރާއެއް ނޫންކަމަށާއި މި މުޒާހަރާ ކުރިއަށް ދަނީ އެގޮތަށް އަންނަ ނުފޫޒުތަައް އެއްފަރާތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރުމާ އެކުކަަމަށެވެ.
އެ މީހުން ބުނީ، މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދާ ކަންކަމަށް ރައީސް އިޖާބަ ދެއްވަމުން ގެންދަވާކަން ފާހަގަ ކުރާކަމަށެވެ. އަދި އެކަމަށްޓަކައި ރައީސަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
އެ ފަރާތްތަކުން ބުނީ ރައީސް މިހާރު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފައި ކަމަށާއި ނަމަވެސް، އެފަދަ ކޮމިޝަންތައް މީގެ ކުރީގެ ސަރުކާރުތަކުގައި ހިނގާފައިިވާ ގޮތަށް ބަލާއިރު ކޮމިޝަނަށް އިތުބާރު ކުރެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ޑިމާންޑްތަކުގެ ބައެއް ކަންކަން ފުރިހަމަ ކޮށްދެއްވިނަމަވެސް އަދިވެސް ބައެއް ޑިމާންޑްތައް އެބަހުރިކަމަށާއި އެކަންކަމަށް ގޮވާލުމުގައި ކުރިއަށް ދާނެކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
“ޝުކުރު އަދާކުރަން ބޭނުން އަޅުގަނޑުމެންގެ ރައީސަށް، ރައީސް އަޅުގަނޑުމެންގެ ޑިމާންޑްތައް ފުލްފިލްކޮށްދޭ އެބަ، އަދިވެސް ބައެއް ޑިމާންޑްތައް އެބަހުރި،” މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އެކަން ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފެއްދެވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އޭގެ އިތުރުން، މިއަދު މެލޭޝިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެއްވުން ސިޔާސީ ނުކުރުމަށާއި ޒުވާނުންގެ އަޑު އެމަނިކުފާނު އައްސަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު