ރައީސް މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާއެކު--
ރައީސް މުއިއްޒު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާއެކު--
މެލޭޝިއާއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު މެލޭޝިއާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. އަދި މިއަދު ވަނީ ރަސްމީކޮށް އެމަނިކުފާނު މަރުހަބާ ދަންނަވައި މެލޭޝިއާގެ ޕެރުދާނާ ޕުތުރާ ކޮމްޕްލެކްސްގައި ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ.

މިއަދު ހެެނދުނު މެލޭޝިއާގެ ގަޑިން ނުވައެއް ޖެހިއިރު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް މަރުހަބާ ދެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެވެ.

އަދި މެލޭޝިއާގެ ސިފައިންގެ ރޯޔަލް މެލޭ ރެޖިމަންޓުން ވަނީ ގާޑް އޮފް ހޮނާއެއް ވެސް ރައީސް މުއިއްޒުއަށް އަރުވައިފަ އެވެ.

މިއީ ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށް ގެންދާނެ އެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރާއެކު ރަސްމީ ވާހަކަތައް ބާއްވައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.

އޭގެ އިތުރުން މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލުކުރައްވައި އެ ގައުމުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި ދަރުހެއް ވެސް ދެއްވާނެ އެވެ. އަދި އެ ޔުނިވާސިޓީން ރައީސް މުއިއްޒަށް އޮނަރަރީ ޑިގްރީއެއް ވެސް އަރުވާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން