ފަސް ދާއިރާއަކުން އެއްބާރުލުން ދިނުމަށް މެލޭޝިއާއާއި ރާއްޖެއިން ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެއްބާރުލުން ދިނުމަށް މިއަދު ސޮއިކުރި ދާއިރާތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެ އެވެ.
އޭގެ އިތުރުން ބައިލެޓަރަލް ކޮންސަލްޓޭޝަންއާ ގުޅޭ އެއްބަސްވުމުގައި ވެސް ސޮއިކުރިއެވެ.
އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމަ ޝަބީނާ އެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ރަަސްމީ ދަތުރުފުޅު ނިންމާލައްވާނީ އަންނަ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު