ގައުމުގެ ތަރައްޤީއަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތައުރީފު ކުރައްވައިފިއެވެ.
ރާއްޖެ-މެލޭޝިޔާ އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ ވަނީ ތަރައްޤީއާއި އިޤުތިޞާދީ ގޮތުން އައު މިޞްރާބަކަށް ޖަހާފައިކަމަށެވެ. އަދި ތަރައްގީވެ، ގައުމު ކުރިއެރުވުމަށްޓަކައި ރާއްޖެއިން ގިނަަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ދެމެހެއްޓެނިވި، ތިމާވެށްޓާއި ރައްޓެހި ތަރައްގީއެއް ގެނައުމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ތަރައްޤީގެ އައު ސިޔާސަތުތަކުގެ ތެރެއިން ޑިޖިޓަލްއާއި އޭއައި ބޭނުންކޮށްގެން ފަންނިއްޔާތުގެ ދާއިރާއިން ކުރިއަރާ ދާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވީ މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވާ ކަމަށެވެ. އަދި ހަމައެފަދައިން މެލޭޝިޔާގައިވެސް ރާއްޖޭގެ އިންވެސްޓަރުންނަށް ވިޔަފާރީގެ އެކި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ބޮޑުވަޒީރު ވިދާޅުވީ ވިޔަފާރިއާއި އިންވެސްޓްމެންޓު ހިމެނޭހެން، އާ ދާއިރާތަކުން ދެގައުމު ގުޅިގެން ކުރިއަރާ ދާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގިނަ ދާއިރާތަަކަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައިވާއިރު، ބައެއް ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު