ރައީސް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީ އެރުވުން
ރައީސް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީ އެރުވުން
މެލެޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ރައީސް ޑރ މުޙައްމަދު މުއިއްޒުއަށް އޮނަރަރީ ޕީއެޗްޑީއެއް އަރުވައިފި އެވެ.

ރައީސަށް އެ އޮނަރަރީ ޕީއެޗްޑީ އެރުވީ މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ދަސްވެނިވި ހަފްލާގަ އެވެ. މިއީ އެފަދަ އޮނަރަރީ ޕީއެޗްޑީއެއް ރާއްޖޭގެ ބޭފުޅަކަށް އެ ޔުނިވާސިޓީން އެރުވި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒުއަށް އޮނަނަރީ ޕީއެޗްޑީ އެރުވީ އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވޮލޮޕްމަންޓްގެ ދާއިރާއިން ނެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ އެ ޝަރަފް ރައީސް މުއިއްޒުއަށް އެރުވީ އެމަނިކުފާނުގެ ވިސްނުންފުޅާއި ލީޑާޝިޕްގެ ދަށުން ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ނަމޫނާ ދައްކަވާފައިވާތީ ކަމަށެވެ.

އަދި ރައީސް މުއިއްޒުގެ ތަސައްވަރާއި އަދި އިސްލާމިކް ޔުނިވާސިޓީގެ ތަސައްވުރާވެސް އޮތީ ގުޅި ލާމެހިފައިކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ހަމަ އެހެންމެ ރައީސް މުއިއްޒުގެ ޕޮލިސީތަކާއެކު ރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި އާ ހަރުފަތަކަށް ގެންގޮސްދީފައިވާކަން ވެސް އެ ޔުނިވާސިޓީން ފާހަގަކުރި އެވެ.

ވަކިން ހާއްސަކޮށް ރައީސްގެ ސިޔާސަތުތަކުގެ ތެެރެއިން އިކޯ ޓޫރިޒަމްއަކީ މުޅި ދުނިޔެއަށް ވެސް ލާމަސީލު ނަމޫނާއެއް ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.

އޭގެ އިތުރުން ޒަމާނީ ހިންގުންތެރި ސަރުކާރެއް ރައީސް މުއިއްޒު ހިންގަވަަމުންދާ އިރު އޭގެ ތެރޭގައި އިސްލާމީ ގިއުގަނޑުގެ ބައިތައް ވެސް ހިމަނާފައިވާކަން އެ ޔުނިވާސިޓީން ފާހަގަކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން