އަވައްޓެރި އިންޑިޔާގެ ފޭކު އެންޓިބަޔޮޓިކެއްގެ ހަތަރު ބެޗެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ބުނީ ރާއްޖޭގައި ދައުރުވަމުންދަނީ އިންޑިޔާގެ މެކްސްހީލް ފާމަސޫޓިކަލް އިން އުފައްދާފައިވާ އެންޓިބަޔޮޓިިކެއް ކަމަށްވާ އެމޮކްސިސިލިން (ހީލްމޮކްސީ) ކެޕްސޫލްގެ ފޯލްސިފައިޑް ހަތަރު ބެޗެއް ކަމަށެވެ. މި ބޭސް ކެމަރޫންގެ އިތުރުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައިވެސް ދައުރު ވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޗްއެޗްއޯ) އިން ވަނީ އެލާޓްވެސް ކޮށްފައެވެ.
ޑަބްލިޗްއެޗްއޯގެ އެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
އެ އޮތޯރިޓީން ބުނީ އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު