ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދަށު ކޯޓުން އަމުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
ޝަމްއާން މިދިޔަ މަހު ހައްޔަރު ކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން އަމުރު ކުރީ ޝަމްއާން 15 ދުވަހަށް ބަންދު ކުރުމަށެވެ. އެއަށްފަހު ކްރިމިނަލް ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރިއެވެ. އެހެންނަމަވެސް ކޯޓުގެ ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ.
ހައި ކޯޓުގެ އަމުރުގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖެ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ.
އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
އެހެންވެ، އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
މިމައްސަލަ ފުލުހުން ބަލަމުންދާއިރު ޝަމްއާނު ހިމެނޭހެން 4 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު