ނިއުރޭޑިއަންޓުން ކުރަމުންދަނީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމުގެ މުހިންމު މަސައްކަތްކަމަށް ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ގައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ 2025 ވަނަ އަހަރު ފުޓްބޯޅަ ސީޒަންގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިމްރާން ބުނީ، ނިއުރޭޑިއަންޓުން މިއަދު ސާބިތު ކޮށްދީފައި ވަނީ ކިތަންމެ ކުރު މުއްދަތެއްގައި ވެސް ކޮންމެ ހާލަތެއްގައި ވެސް ދަނޑުގައި ފުޓްބޯޅަކުޅެން ބޭނުންވާކަންކަމަށެވެ.
އަދި ނިއުރޭޑިއަންޓުން މިއަދު ފަހިކޮށްދިނީ ދިވެހި ފުޓްބޯޅައިގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް މުހިންމު ފުރުސަތެއްކަން ފާހަގަކިށް، ނިއުރޭޑިއަންޓުގެ ހިންގުންތެރި ބޯޑަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
އިމްރާނުގެ ވާހަކައިގައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ގޮސްފައިވާ ހިސާބަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން ބުނީ މިހާރު ފުޓްބޯޅައިގައި އެގޮތަށް ހަރަކާތްތެރިވާ އޮތީ 5 ނުވަތަ 6 ކުލަބު ކަމަށެވެ. އަދި ނިއުރޭޑިއަންޓަކީ އޭގެތެރެއިން އެއް ކުލަބުކަން އިމްރާން ފާހަގަ ކުރިއެވެ.
މި ރަސްމިއްޔާތުގައި ނިއުގެ އާ ޗެއާމަން އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވީ ނިއުރޭޑިއަންޓާއި، ވިކްޓްރީ އަދި ވެލެންސިޔާ ފަދަ ކުލަބުތަކަކީ ދިވެހި ފުޓްބޯޅައިގެ ރޫޙް އާލާކޮށް، ދަނޑުތަކަށް ސަޕޯޓަރުން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުލަބުތަކެއް ކަމަށެވެ.
"ނިއުރޭޑިއަންޓްގެ ޖާޒީއަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ބަރުދަން ހުރި ޖާޒީއެއް. ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ސަޕޯޓަރުން ތިބި ކުލަބަކީ ނިއުރޭޑިއަންޓް. ފުޓްބޯޅަ ދަނޑުތަކަށް އައިސްފައިވާ ހީނަރުކަން އަލުން ބަދަލުކުރެވޭނީ މިފަދަ ކުލަބުތައް އެނބުރި އައިސްގެން" މުބީން ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ނިއުރޭޑިއަންޓުގެ އައު ސްކޮޑެއް އިއުލާންކޮށް، އެ ސްކޮޑާއި ކޯޗިން ސްޓާފުންނަށް ޖާޒީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު