އަސްނަ ހަމްދީ
އަސްނަ ހަމްދީ
ހުސްވެފައިވާ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައިޝަތު އަސްނާ ހަމްދީ އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އެމްއެމްއޭފެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު ވަކިކުރަން ނިންމާފައި ވަނިކޮށް މިދިޔަ މަހު އޭނާ އިސްތިއުފާ ދެއްވުމުން ނެވެ.

އެހެންވެ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ރައީސް ވަނީ އެ މަގާމަށް އަސްނާ އައްޔަނުކުރަން އެދިވަޑައިގެންފަ އެވެ.

އެހެންވެ އެ މައްސަލަ އިތުރަށް ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވައިފަ އެވެ.

އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ ފައިނޭންޝިއަލް ސެކްޓާ ސެކްޝަންގެ ޖެެނެރަލް މެނޭޖަރުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން