ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (ކ)
ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (ކ)
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ)ގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.

އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ޙާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހެކެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް މިއަދު ޖަހައިދީފައިވާ ކަމަށެވެ.

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައިވާ ހައްވާ ޔުމްނު ރަޝީދަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާއިރު އޭނާގެ ކަނދުރާގެ ނާޒުކު އޮޕަރޭޝަން ކާމިޔާބު ކަމާއެކު އިއްޔެވަނީ ކޮށްފައެވެ.

ފުލުހުން މީގެކުރިން ވަނީ ރައުދާއި، ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު އާންމުކޮށްފަ އެވެ. އެ މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ،

އަދި އެ މައްސަލައާއި ގުޅިގެން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން