ރައީސް މުއިއްޒު
ރައީސް މުއިއްޒު
ރާއްޖޭގައި އުޅޭ 150،000 ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާ ބޮޅެއް އިތުރުވި ދުވަހެއް ކަމަށެވެ.

އެގޮތުން މީގެ އެއް އަހަރުކުރިން މިދިޔަ އަހަރުގެ މޭ މަހުުގެ ދެވަނަ ދުވަހު ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގަން ފެށިފަހުން މިއަދާ ހަމައަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރު މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާ އިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީންގެ ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުންދާތީ އެ މީހުންގެ އަސާސީ އިންސާނީ ހައްގުތައް ވެސް އޮތީ ނިގުޅައިގަނެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް. މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން." ރައީސް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން