ގައުމީ ޓީމުގެ ދެވަނަ ކީޕަރު އަލީ ނާޖިހް ނިއުރޭޑިއަންޓާ ގުޅިއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ފަށަން ނިންމާފައިވާ އެފްއޭއެމް ލީގު ކަޕްގައި ބައިވެރިވާ ޓީމްތަކުން ފަރިތަކުރުންތައް ފަށާފައިވާއިރު ނިއުގެ ފަރިތަކުރުންތައް ވެސް ފޯރީގައި ދަނީ ކުރިއަށެވެ.
އެ ފަރިތަކުރުންތަކާ މިއަދު ގުޅުނު އަލީ ނާޖިހްއަކީ މިވަގުތު ރާއްޖޭގައި ތިބި ހުނަރުވެރި މޮޅު ކީޕަރުންގެ ތެރެއިން އެންމެ ނަން ހިނގާ އެއް ކީޕަރެވެ.
ނާޖިހް އެންމެފަހުން ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓްރީއަށެވެ.
ނާޖިހްގެ އިތުރުން އިއްޔެވަނީ ނިއުއާ ބިދޭސީ ކުޅުންތެރިއަކު ވެސް ގުޅިފައެވެ. އިއްޔެ ނިއުއާ ގުޅުނު އަޙްމަދު މަހުމޫދަކީ މިސްރުގެ ކުޅުންތެރިއެކެވެ.
އޭނާވެސް އިއްޔެ ވަނީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
މި މުބާރާތުގައި ޖުމުލަ 5 ޓީމެއް ބައިވެރިވާއިރު މުބާރާތް ފެށުމުގެ ގޮތުން އެ ދުވަހު ކުޅޭނީ ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ. އެއަށްފަހު މެއި 5 ވަނަ ދުވަހު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ފަސްޓް ޑިވިޒަންގައި ހިމެނޭ މާޒިޔާ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓެވެ.

ކިޔުންތެރިންގެ ހިޔާލު