ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކަނޑުމަހުގެ ދުވަހާ ގުޅިގެން އެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް މުއިއްޒު އެކްސްގައި މިއަދު ވަނީ މަސްވެރިކަމުގެ ސިނާއަތު ނެގެހެއްޓުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ހުރިހާ ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.
އަދި ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަށް ތައުރީފް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.
މި ވެރިކަމުގައި ލޯބޮޑު އަދި ރީނދޫއުރަހައިގެ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދޭން މިދިޔަ އަހަރު ސަރުކާރުން މަސައްކަތް ކުރި އެވެ.
އެހެން ނަމަވެސް ރާއްޖޭގެ ޖަމިއްޔާތަކުން އެކަމަށް ނުރުހުން އަމާޒުވުމުން ސަރުކާރުން ފަހުން ނިންމީ އެ މަސްވެރިކަމަށް ހުއްދަ ނުދޭށެވެ.
ފާއިތުވި ސަރުކާރުތަކުން ވެސް މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ދެމެހެއްޓެނިވި މަސްވެރިކަމުގެ ސިނާއަތެއް ރާއްޖޭގައި ދެމެހެއްޓުމަށެވެ.

ކިޔުންތެރިންގެ ހިޔާލު