ގާނޫނީ ވަކީލު އާޒިމާ ޝުކޫރު
ގާނޫނީ ވަކީލު އާޒިމާ ޝުކޫރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ފަތުރަމުންދަނީ ފޭކް ސްކްރީންޝޮޓްތަކެއް ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

މިހާރު ހިނގައިގެންއުޅޭ ފުރާޅުމަައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި މީސްމީޑިއާގައި ޔާސްމީނާ ގުޅުވައި ބައެއް ވާހަކަތައް ދަނީ ވަގު އައިޑީތަކުން ފަތުރަމުންނެވެ. އެގޮތަށް މިހާރު ވެސް ސްކްރީންޝޮޓްތަކެއް ވަގު އައިޑީއަކުން އެކްސްގައި ދަނީ ފަތުރަމުންނެވެ.

އެއާއި ގުޅިގެން އާޒިމާ މިއަދު ވިދާޅުވީ، ޔާސްމީނާއި ގުޅުވައި ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ދޮގު މައުލޫމާތު ފަތުރައި އާންމުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އާޒިމާ ވަނީ ގޮވާލައްވާފައެވެ.

މި ފަހަކަށްއައިސް ރައީސްގެ ދަރިކަނބަލުންނާ ގުޅުވައި ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާފައިވާ މައްސަލަ އާއިލާގެ ފަރާތުން މިހާރުވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން