މަރްޔަމް ނަހްދާ ވަޙީދު   3 މޭ 2025 - 3:33
ލުއިކާނާގެ ގޮތުގައި މޭވާ ކަނީ
ލުއިކާނާގެ ގޮތުގައި މޭވާ ކަނީ
ލުއި ކާނާ ކެއުމަކީ އަޅުގަނޑުމެންގެ ތެރެއިން އެންމެންވެސް ކޮށް އުޅޭ ކަމެކެވެ. ހާއްސަކޮށް މަސައްކަތުގެ މާހައުލުގައި އުޅޭއިރުގައި އާއި ސްކޫލް ކުދިންގެ މެދުގައި މިއީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް، ލުއިކާނާ ކެއުމުގައި ވެސް ސިއްހަތަށް ފައިދާހުރި އެއްޗެހި ކެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިރީގައި މި ހިމަނާލަނީ ލުއި ކާނާގެ ގޮތުގައި ކެވޭނެ، ހަށިގަނޑަށް ފައިދާހުރި ބާވަތްތަކެވެ.

މޭވާ

މޭވާއަކީ ފަސޭހައިން ލިބެން ހުންނަ އަދި ލުއިކާނާގެ ގޮތުގައި ބޭނުންކުރެވޭނެ ފައިދާހުރި އެއްޗެކެވެ. މޭވާތަކުގައި ވިޓަމިންތަކާއި މިނަރަލްސް ގިނަ އަދަދަކަށް އެކުލެވެއެވެ. އެހެންވެ މޭވާ ކެއުމުން ސިއްހަތަށް ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ އިތުރުން ފައިބަރ އެކުލެވޭ މޭވާތައް ކެއުމުން ހަޖަމުކުރުމަށް ފަސޭހަވެއެވެ. އަދި މޭވާތަކުގައި އެންޓި-އޮކްސިޑެންޓްސް ގިނައިން އެކުލެވޭތީ، ބައެއް ބަލިތަކުން ރައްކާތެރިވުމަށްވެސް އެހީތެރިވެދެއެވެ.

ތާޒާ ތަރުކާރީ

ކެރެޓު، ޓޮމާޓޯ، އަދި ކިއުކަމްބާ ފަދަ ތަރުކާރީ އަކީ ކުދިކޮށް ކޮށާލައިގެން ލުއިކާނާގެ ގޮތުގައި ކެވިދާނެ އެއްޗެއްސެވެ. މި ތަރުކާރީތަކުގައި ކެލޮރީ މަދުވެފައި، ވިޓަމިންތަކާއި މިނަރަލްސް ގިނައިން އެކުލެވެއެވެ. މީގެ އިތުރުން ގިނަ ތަރުކާރީތަކުގައި ފެން ގިނައިން އެކުލެވޭތީ، ހަށިގަނޑުގެ ފިނިކަން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

ޔޯގަޓު

ޔޯގަޓަކީ ކެލްސިއަމް އާއި ޕްރޮބައޮޓިކްސް ގިނައިން އެކުލެވޭ ލުއިކާނާއެކެވެ. ޔޯގަޓް ކެއުމުން ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުވެ، ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ވެއެވެ. ޔޯގަޓް ކައިގެން ކެލްސިއަމް ލިބުމުގެ އިތުރުން، ކަށިތައް ވަރުގަދަވެއެވެ. މީގެ އިތުރުން ޔޯގަޓަކީ ޕްރޮޓީން ގިނައިން އެކުލެވޭ އެއްޗަކަށް ވާތީ، ހަށިގަނޑުގެ މަސްތައް ބިނާކުރުމަށް ވެސް އެހީތެރިވެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން