ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައްޔިތުންނަށް ވެފައިވާ 2129 ވައުދު ހަނދާންއެބަހުރި ކަމަށާއި އެ ވަޢުދުތައް ފުއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ މިސަރުކާރަކީ ނަތީޖާ ނެރުމަށް ފޯކަސްކުރާ ސަރުކާރެއް ކަމަށެވެ. އަދި ބޭކާރުކޮށް އައްޔަންކުރެއްވި ސިޔާސީ މީހެއް ނުހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރާއި އަންނަ އަހަރު ސަރުކާރުން ޖުމުލަ 2130 މަޝްރޫއު ހިންގުމަށް ނިންމާފައިވާކަން ފާހަގަ ކުރަށްވަމުން ރައިސް ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކުޅިވަރު ދާއިރާއާ ގުޅޭ 551 މަޝްރޫއެވެ. ދެން އެންމެ ގިނައީ ކުނީގެ ނިޒާމާ ގުޅޭ މަޝްރޫއުތަކެވެ. މީގެއިތުރުން ސިއްޙަތާ ގުޅޭ 131 މަޝްރޫއަކާއި ސްކޫލުތަކުގެ 141 މަޝްރޫއެއް ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން 37 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ 42 މަޝްރޫއެއް ވެސް މި ޕްލޭނުގައި ހިމެނެއެވެ.

ހަމައެއާއެކު އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ފަހުރުވެރި ނިންމުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ރާއްޖެއަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުޑަވެސް ދުލެއް ނުދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ހަމައެހެންމެ މާލީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާ ކަމަށާއި ރިޒާވް ދަނީ ރަނގަޅު ޓްރެންޑެއްގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 121 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން