ސިނަމާލެ ފުލެޓުތައް ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ޖުމްލަ 5960 ފުލެޓު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ސިނަމާލެ އާއި މާލެ ހިޔާގެ މިހާރު ހުރި ފުލެޓުތައް ތަޅާލުމަށްފަހު ހަދަން ނިންމާފައިވަނީ 1360 ފުލެޓު ކަމަށެވެ.
އަދި އޭގެއިތުރަށްވެސް މާލެ ސަރަހައްދުގައި 4600 ފުލެޓު އަޅުއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި އިތުރު 4600 ފްލެޓް އިމާރާތް ކުރަން ނިންމާފައިވާ އިރު އެއީ އިންޑިއާގެ އެލްއޯސީގެ ތެރެއިން 4200 ޔުނިޓް އަޅަން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސައުދީ ފަންޑުގެ އެހީގެ ދަށޫން 400 ޔުނިޓް އަޅަން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ތެރެއިން ސައުދީ ފަންޑުގެ އެހީގައި އަޅާ ފްލެޓްތައް އަޅަނީ ހުޅުމާލެ ފޭސް 2 ގައެވެ. އިންޑިއާ އެހީގައި އަޅާ 4200 ފްލެޓް އަޅާނީ ހުޅުމާލެ ނުވަތަ ގުޅިފަޅުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ބިން ހިއްކުމުން އޭގެ ބަދަލެއްގެ ގޮތުގައި ބޭރުގެ ކުންފުނިތަކަށް ދިން ހުރިހާ ބިމެއް މިހާރު އަތުލާފައިވާކަން ރައީސް މިއަދު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ބޯހިޔާވަހިކަމުގެ ދާއިރާއިން 37 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ 42 މަޝްރޫއެއް ވެސް ކުރިއަށް އޮތް 2 އަހަރު ހިންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު