ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ ކުރީސަރުކާރުން އަމަލު ކޮށްފައިވާ ގޮތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭވަރު ކަމެއް މިހާރު ނޯންނާނެ ކަމަށެވެ.

އެހެން ނަމަވެސް އެ އެއްބަސްވުންތައް ހާމަނުކުރެވެނީ އެއްބަސްވުން ހާމަނުކުރެވޭނެކަމަށް މާއްދާއެއް ކުރީގެ ސަރުކާރުން ހިމަނާފައިވާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރަކުން ނިންމާފައިވާ ނިންމުމަށް ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން އިހްތިރާމް ކުރަށްވާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވައުދުވީ ގޮތަށް އެއްބަސްވުން ހާމަކުރެވޭތޯ އެއެއްބަސްވުން ހަދާފައިވާ ޤައުމުތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން