ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުން ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވައި، ހުރަސްއަޅާނަމަ ވަގުތުން މަގާމުން ވަކިކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދި މިކަން ހާސިލް ކުރެވޭނީ ތަޙުގީގުތައް ހިންގުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުންގެ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ފުލުހުންގެ ތަޙުގީގުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިމާރާތަކުން 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ މީޑިއާ ޔުނިޓުން މައުލޫމާތު ދިނުމުގައި އަމަލުކުރި ގޮތުން ގިނަ ކަންތައްތަކެއް އޮޅުން އަރާފައިވާ ކަމަށެވެ.
އެހެންވެ ފުލުހުންގެ ޕީއާރު މަސައްކަތްކުރާ ގޮތް ރަނގަޅުކުރަން މިހާރު އަންގާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒުފޯރުވާކަން އެނގޭ ހިސާބަކުން އެ މީހަކު އެ މަގާމެއްގައި ނުހުންނާނެ ކަމަށްވެސް ރައީސް ވަަނީ ވިދާޅުވެފައެވެ.
21 އަހަރުގެ އަންހެންމީހާ ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި، ތަހުގީގަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު